Thu, 28 May, 2020, 10:01 am
ބަޔަކު އަނިޔާކުރި ނުކުޅެދޭޭ މީހާ ދައުލަތުގެ ބެލުމުގެ ދަށަށް
1

ށ. ފޭދޫގައި މިދިޔަ ހޯމަ ދުވަހުގެ ރޭ، ބަޔަކު އަނިޔާކޮށް ހޮޅިދަނޑިއެއްގަ އައްސާފަހުރި ނުކުޅެދުންތެރިކަން ހުންނަ އަންހެން މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ 50 އަހަރުގެ އެ އަންހެންމީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ، 21 އަހަރުގެ އަންހެން ދަރިފުޅާއިއެކު ކަމަށެވެ. އެއީ އެ އަންހެން ދަރިފުޅު ދިރިއުޅުނު މާހައުލު ރައްކާތެރިއެއް ނޫން ކަމަށް ބެލެވޭތީ ކަމަށް ބުންޏެވެ.

ށ. ފުނަދޫގައި ހުންނަ ޖެންޑާ މިނިސްޓްރީގެ މަރުކަޒުގެ ބެލުމުގެ ދަށަށް ދެމައިން ގެންދިޔައީ ރޭގެ ވަގުތެއްގަ އެވެ. އަދި މީހަކާއި އިނދެގެން އުޅޭ އެ އަންހެންމީހާ ޖުމްލަ 5 ކުދިން ތިބޭއިރު، އަނެއް ހަތަރު ކުދިންގެ ތެރެއިން 18 އަހަރުން ދަށުގެ ދެ ކުދިން ތިބީ ރައްކާތެރި މާހައުލެއްގައި ކަމުގެ ޔަގީންކަން ޖެންޑާއިން ދެ އެވެ.

އެ އަންހެންމީހާ ބޮލަށް ގޯންޏެއް ލައްވައިފަ، މަގުމަތީގައި ހުރި ހޮޅި ދަނޑިއެއްގައި ވާގަނޑަކުން އޭނާ ބަނދެފައި ހުރި މަންޒަރު ފެންނަ ފޮޓޯ އެއް ޝޯޝަލް މީޑިޔާގަ ދައުރުވުމުން އެ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.

އެ އަންހެން މީހާއާ މެދު އެގޮތަށް ކަންތައްކުރި މީހެއް އަދި ނޭނގޭއިރު، އަނިޔާވެރި އަމަލު ހިންގި މީހަކު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ބުންޏެވެ.

Leave a comment

Your email address will not be published.