Fri, 5 June, 2020, 1:42 am
މޯލްޑިވް ގޭހުން ދެެ އަތޮޅަކަށް ކައްކާާ ގޭސް ފޯރުކޮށްދޭނެ އެޖެންޓުން ހޯދަނީ
5

ގޭސް އެޖެންޓުންގެ ގޮތުގައި ލ އަތޮޅަށާއި އދ. އަތޮޅަށް ކައްކާ ގޭސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން މޯލްޑިވް ގޭހުން އިއުލާންކޮށްފިއެވެ.

މޯލްޑިވް ގޭހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބޭނުންވަނީ ކޮންމެ ރަށަކުން އެއް ފަރާތެއް ނުވަތަ އަތޮޅުގެ ހުރިހާ ރަށަކަށް ގޭސް ފޯރުކޮށްދެވޭނެ ފަރާތެއް ކަމަށެވެ.

އެގޮތުން ޕްރޮޕޯސަލް ހުށައަޅާއިރު އަތޮޅުގެ އެހެން ރަށްތަކަށް ގޭސް ޑެލިވަރ ކޮށްދޭނެ ގޮތުގެ ޕުލޭނަކާއި ރަށްރަށުގައި ގޭސް ވިއްކާނެ ގޮތުގެ ޕުލޭނާއި ގޭގެއަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭނެ ގޮތުގެ ތަފްސީލު ހިމަނަން ޖެހެއެވެ. އަދި އަމިއްލަ ވެކިލަކެއް ނުވަތަ އުޅަނދު ފަހަރެއް ގެންގުޅޭނަމަ އޭގެ މައުލޫމާތު ވެސް ހިމަނަން ޖެހެއެވެ.

އެގޮތުން އެކަމުގައި އިސްކަންދެވޭނީ ކަނޑުދަތުރު ފަތުރުކުރާ ފަރާތްތަކަށާއި ރަށްރަށުގައި ފަސޭހައިން ގޭގެއަށް ޑެލިވަރީކޮށްދެވޭނެ ފަރާތްތަކަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މޯލްޑިވް ގޭހުން ބުނީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު މިމަހުގެ 26ވާ އާދީއްތަ ދުވަހުގެ މެންދުރު 2:00އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

Leave a comment

Your email address will not be published.