މުޙައްމަދު އަންވަރު
19 May 2019
މަޤްބޫލު ޙަބަރު

ނ. ލަންދޫގެ ދެ ގެއަކުން 3500 ރުފިޔާގެ ވަކި ލާރި ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭ، ލަންދޫގެ ދެ ގެއަކުން ވަކި ލާރިތަކެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެއް ގެއިން ގެއްލިފައިވަނީ 3000 އެއްހާ ވަކިލާރި ކަމަށާއި ދެވަނަ ގެއިން ގެއްލުނު ކަމަށް ލަފާކުރެވެނީ 500 ރުފިޔާގެ ވަކިލާރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަތަކާއި ގުޅިގެން ބުރާސްފަތި ދުވަހު ހިންގި އޮޕްރޭޝަނެއްގައި ދެ ގެއިން ގެއްލުނު ކަމަށް ބެލެވޭ ވަކިލާރިތަކުގެ ތެރެއިން ގިނަ އަދަދެއްގެ ވަކި ލާރި ފެނިފައިވާ ކަމަށެވެ.

ވަކިލާރިތައް ފެނުނީ އެރަށުގެ އިރުމަތީކޮޅު ކުނިގޮނޑު ސަރަހައްދުންނެވެ.

ފުލުހުން ބުނީ، އެ ސަރަހައްދުން ފެނިފައިވަނީ 1287.89 ރުފިޔާ އާއި 41 އިންޑިއަން ރުޕީސް ކަމަށެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©