މުޙައްމަދު އަންވަރު
19 May 2019
މަޤްބޫލު ޙަބަރު

ފުލުހުންގެ ޔުނިފޯމްގައި އެ ފުލުހެއްގެ ސާވިސް ނަމްބަރު ފެންނާނެ ގޮތަށް ހަރުކުރަން ފަށައިފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުން ޒިންމާދާރު ކުރަން އެމީހަކީ ކާކުކަން ދެނެގަތުން ވަރަށް މުހިއްމު ކަމައް ކަމަށެވެ.

“ފުލުހަކީ ކާކުކަން ރައްޔިތުންނަށް އެނގުމަކީ ފުލުހުންގެ މަސައްކަތް ޒިންމާދާރު ކަމާއެކު އަދާކުރަން ވަރަށް މުހިއްމު ކަމެއް،” ހަމީދު ކުވިދާޅުވި އެވެ.

ފުލުހުންގެ ސާވިސް ނަންބަރަކީ ކޮންމެ ފުލުހަކަށް ހާއްސަ ނަންބަރެކެވެ. ފުލުހުންގެ ޔުނިފޯމަށް ގެނައި މި ބަދަލާއެކު ޔުނިފޯމުގައި ހިމެނޭ އެ ފުލުހެއްގެ ނަމުގެ ތިރީގައި ސާވިސް ނަމްބަރު ވެސް ޖަހާފައި ހުންނާނެ އެވެ.

ނިމިގެން ދިޔަ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި، ކާކުކަން އަންގައިދޭ ނަން ވެސް ނުޖަހައި މޫނު ފޮރުވައިގެން ބައެއް މީހުން ހައްޔަރި ކުރި ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ޝަކުވާ ކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©