މުޙައްމަދު އަންވަރު
23 May 2019
މަޤްބޫލު ޙަބަރު

ކ. ދިއްފުށީގައި ރޭ ހިނގި ބޮޑު ވައްކަމާއި ގުޅިގެން ވަގު ހޯދުމަށް ރައްޔިތުން ނިކުތުމުން، ރައްޔިތުންގެ ތެރެއަށް ވަޅިއެއް ހިފައިގެން ވަތް މީހަކު، ދެ މީހަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

ދިއްފުށީގެ ލަވްލީގާޑް ފިހާރަ ފަޅާލައި 180،00 ރުފިޔާ ވަނީ ވަގަށް ނަގައިފަ އެވެ. އެ ފައިސާއާ ފައިސާ ވަގަށް ނެގި މީހުން ހޯދުމަށް އެ ރަށުގެ ގިނަ ރައްޔިތުން ވަނީ މިރޭ ނިކުމެފަ އެވެ.

ދިއްފުށީގެ ކައުންސިލް މެންބަރަކު ‘ހަފްތާ’ އަށް ވިދާޅުވީ، އެ ފިހާރައިން ވަގަށް ނެގި ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ފިހާރައާ ޖެހިގެން ހުރި ގެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ. އަދި ދެ މީހުން ޒަހަމްވީ، ފައިސާ ވަގަށް ނެގި މީހާ ހޯދުމަށް ރައްޔިތުން ނިކުމެ އުޅެނިކޮށް ވަގު ކަމަށް ތުހުމަތު ކުރެވޭ މީހާ ވަޅިއެއް ހިފައިގެން އައިސް މީހުން ގަނޑު ތެރެއަށް ވަދެ ހަމަލާ ދިނުމުން ކަމަށް ކައުންސިލް މެންބަރު ވިދާޅުވި އެވެ.

ވަޅި ހިފައިގެން އައި މީހާ އެކަގެ އަތައް ހަމަލާދީ އޭނާގެ އަތުގެ ނާރެއް ބުރިކޮށްލާފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. އަދި އޭނާ ހުއްޓުވަން ނިކުއިން ދެވަނަ މީހާއަށް ވެސް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ޒަހަމްވި ދެ މީހުންގެ ތެރެއިން އަތުގެ ނާރު ބުރިވި މީހާ އިތުރު ފަރުވާއަށް މާލެ ގެންގޮސްފައިވާ ކަމަށް ކައުންސިލުން ބުންއެވެ. އަދި ވަޅިން ހަމަލާ ދިން މީހާ ހުއްޓުވަން ރައްޔިތުން އަރައިގަތުމުން އޭނާއަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވަތީ ފުލުހުންގެ ހިމާޔަތުގައި އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.

Leave a Reply

Your email address will not be published.

haftha.mv ©