މުޙައްމަދު އަންވަރު
24 May 2019
މަޤްބޫލު ޙަބަރު

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކުރުމަށް ނިންމައިފި އެވެ.

އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 11.97ރ. އަށް އަދި އަދި ޑީސަލް ލީޓަރެއް ލިބޭނީ 11.39ރ. އަށް ކަމަށެވެ. އެގޮތުން މިފަހަރު ޕެޓްރޯލް ލީޓަރަކުން ކުޑަ ކުރީ 10 ލާރި އެވެ. އަދި ޑީސަލް ލީޓަރަކުން ކުޑަ ކުރީ 14 ލާރި އެވެ.

އެންމެ ފަހުން އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގުބޮޑު ކޮށްފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ފަހަރު ޕެޓްރޯލް ލީޓަރަކުން ބޮޑު ކޮށްފައިވަނީ 70 ލާރި އެވެ. އަދި ޑީސަލް ލީޓަރަކުން ބޮޑު ކުރީ 50 ލާރި އެވެ.

ރާއްޖޭގައި ތެލުގެ ވިޔަފާރީ އެންމެ ފުޅާ ގޮތެއްގައި ކުރަމުން އަންނަ އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފައި މި ވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މީގެ އެއް ދުވަސް ކުރިން ވަރަށް ބޮޑަށް ވެއްޓިފައި ވަނިކޮށެވެ.

Leave a Reply

Your email address will not be published.

haftha.mv ©