މުޙައްމަދު އިބްރާހިމް
26 May 2019
މަޤްބޫލު ޙަބަރު

މިއަދު ނަން ހުސްކޮށް ރެސްޓޯރެންޓުތައް އެބަހުއްޓެވެ. ތަފާތު ރަހަތަކަށް ހާއްސަ ތަންތަން ގިނަވެއްޖެއެވެ. ވަކި ބަޔަކަށް ހާއްސަކޮށްގެން ހުޅުވާ ތަންތަން ވެސް ވަކި މަދެއް ނޫނެވެ. ނަމަވެސް މިހުރިހާ ކަމެއް ފުރިހަމަ ތަންތަން ވަރަށްވެސް މަދެވެ. އެ ލިސްޓުގައި ހަމަގައިމުވެސް “ރޮކް ޗެމްބާ” ހިމެނޭނެއެވެ.

މީގެ ދެ އަހަރު ކުރިން ހުޅުމާލޭގައި ގާއިމްވި ރޮކް ޗެމްބާއަކީ ތަފާތު ތީމަކަށް ފަރުމާކޮށްފައިވާ އެފަދަ ފުރަތަމަ ރެސްޓޯރެންޓެވެ. ރެސްޓޯރެންޓަށް ވަދެވޭއިރު މިއުޒިކްގެ ދުނިޔެއަކަށް ވަދެވޭފަދަ އިހުސާސެއް އެތަނުން ކުރެވޭއިރު ކޮންމެ ކަހަލަ މިއުޒިކަކަށް އަދި ހުނަރަކަށް ލޯބިކުރާ މީހުންނަށް ވެސް މިތަން ރޮކެވެ.

ވަކިން ހާއްސަކޮށް މީރު އަދި ތަފާތު ކާއެއްޗި ކާން ބޭނުންވާނަމަ ރޮކް ޗެމްބާ ހިމެނޭނެއެވެ. އެއީ އާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލެވޭ ފަދަ މާހައުލެއްގެ ގޮތުގައި ހަދާފައިވާ އެތަނުގެ ތަފާތު ކަމާއެކު ތަނުން ލިބޭ ކާއެއްޗިއްސާ ކިޔާ ނަންތަ ވެސް ހަމަ ތަފާތުކަމުންނެވެ.

މި ރޯދަ މަހަށް ވެސް އެންމެ ކުރިއާލާ ތައްޔާރުވި އެއްތަނަކީ ރޮކް ޗެމްބާއެވެ. ތަފާތު ތިން އަގެއްގައި ތަފާތު ތިން މެނޫއެއް އެތަނުން ވަނީ ނެރެފައެވެ.

އެގޮތުން ހަފްތާގެ އާދީއްތަ އަދި އަންގާރަ ދުވަހު ++199 ގެ މެނޫ ލިބޭއިރު ހޯމަ އަދި ބުދަ ދުވަހުގެ މެނޫގެ އަގަކީ ++229 އެވެ. އަދި ހަފްތާ ބަންދާ ދިމާކޮށް ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހަށް ހާއްސަކޮށްގެން ވައްތަރުތައް ގިނަކޮށް ހާއްސަ މެނޫއެއް ވަނީ ނެރެފައެވެ. އެ މެނޫގެ އަގަކީ ++249 އެވެ.

މިއަދު މާލެ އާއި ހުޅުމާލޭގެ ގިނަ ރެސްޓޯރެންޓްތަކުން ލިބެންހުރި އަގުގައި ހުރި މީގެން ކޮންމެ މެނޫއެއްގައި ވެސް ތަފާތު ކުޅު ދިޔާ ކޮށްލާހާ ވައްތަރުގެ ކާ އެއްޗެހި ހިމެނުމަކީ މި ރޯދަ މަހުގެ ރޯދަ ވީއްލުން ވެސް ރޮކް ކޮށްދޭ ކަމެކެވެ.

އެހެންކަމުން ލަސްކުރާނެ ކަމެއް ނެތެވެ. ރޮކްޗެމްބާގެ ނަންބަރު 7930414 ނުވަތަ 9703833 އަށް ގުޅައިގެން ގުރޫޕްގަނޑު އެއްކޮށްގެން ރޯދަ ވީއްލުމަކަށްދާން ހިނގާށެވެ. ނަމަވެސް 24 ގަޑިއިރު ކުރިން ރިޒަވޭޝަން ހައްދަންޖެހޭނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©