މުޙައްމަދު އިބްރާހިމް
26 May 2019
މަޤްބޫލު ޙަބަރު

މިދިޔަ ހުކުރު ދުވަހު ކުޑަ ދެ ފިރިހެން ކުއްޖަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހާ ގުރޫޕުން ވަކިކޮށްފައިވާ ކަމަށް އޭނާ އުޅުނު ބިދަބިން ބޮޑުބެރު ގުރޫޕުން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު ހަ އަހަރުގެ ފިރިހެން ކުއްޖަކަށާއި އަށް އަހަރުގެ ފިރިހެން ކުއްޖަކާމެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތު ކުރެވޭ ހަސަން އަލީ އަކީ ބިދަބިން ބޮޑުބެރު ގުރޫޕްގެ ނެށުންތެރިއެކެވެ.

ބިދަބިން އިން މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، ކުޑަކުދިންނަކީ މުސްތަގްބަލް އޭގެ މައްޗަށް ބިނާކުރާ ބިންގަލަށްވާއިރު އެއްވެސް މީހަކާ ނޭދެވޭ އެއްވެސް އަމަލެއް ހިންގުމަކީ އެ ގުރޫޕުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

އަދި ހަސަން އަލީ ކުރި އަމަލަކީ އެ ގުރޫޕަށް ލިބުނު ބޮޑު ލަދެއް ކަމަށާއި ގުރޫޕްގެ މެންބަރުކަމުން އޭނާ ވަކިކޮށްފައިވާ ކަމަށް ވެސް ބިދަބިން ގުރޫޕުން ބުނެފައިވެއެވެ.

އަދި ބިދަބިންގެ އާއިލާއަކީ އަބަދުވެސް އެފަދަ އިހްތިރާމްކުޑަ އަމަލުތަކާ ދެކޮޅަށް ތެދުވާނެ ގުރޫޕެއް ކަމަށް ބުނެ އެ ގުރޫޕުން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލައިފައެވެ.

ކުޑަކުދިންނާ ބެހުނު މީހާ ކޯޓު އަމުރެއްގެ ދަށުން މިހާރު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދަށް ވަނީ 12 ދުވަސް ޖަހައިފައެވެ. އަދި އޭނާ ޖިންސީ އަނިޔާކުރި ދެ ކުދިންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©