ނަސްވާ ހަސަން
28 May 2019
މަޤްބޫލު ޙަބަރު

ސައޫދީ އަރަބިއްޔާގައި އޮންނަ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ ސަމިޓުގައި ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ސައުދީ އަށް ފުރާވަޑައިގަންނަވާނެ އެވެ.

އިސްލާމީ ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ، އޯއައިސީގެ މިއީ 14 ވަނަ ސަމިޓަށްވާއިރު، އެ ސަމެޓުގައި ރާއްޖެ އިން ކޮންމެ އަހަރަކު ވެސް ބައިވެރިވެ އެވެ.

މި ބައްދަލުވުމުގައި އިސްލާމީ އުއްމަތަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާ، ހިޔާލުތަފާތުވުން އުފެދޭ މުހިއްމު މައްސަލަތަކުގައި، ގައުމުތަކުން ވާހަކަ ދައްކާނެ އެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ އެ ދަތުރުފުޅަށް ފަހު، ރައީސް އެނބުރި ރާއްޖެ ވަޑައިގަންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. އަދި މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ސޯލިހް ސައޫދީ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އަންނަ ހުކުރު ދުވަހު މައްކާގައި އޮންނަ އެ ސަމިޓުގެ ރިޔާސަތު ބަލަހެއްޓުމަށް ހަމަޖެހިފައި ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒެވެ.

Leave a Reply

Your email address will not be published.

haftha.mv ©