ނަސްވާ ހަސަން
28 May 2019
މަޤްބޫލު ޙަބަރު

މޯލްޑިވްސް އެޑިއުކޭޝަން މޭނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމީސް) އަށް  ޓެކްނިކަލް މައްސަލައެއް ދިމާވެ، 10 ސްކޫލެއްގައި މިއަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް، ޑިޖިޓަލް ކޮށްދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ “މީމިސް” ބޭނުންކޮށްގެން ރިޕޯޓު ފޮތް ޖެނެރޭޓު ކުރުމުގައި ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ 213 ސްކޫލުގެ ތެރެއިން 10 ސްކޫލުގެ ކުދިންނަށް ރިޕޯޓު ފޯތް ދޭނީ ޑިޖިޓަލްކޮށް، ދަރިވަރުންގެ ނަތީޖާ އާއި އެހެނިހެން މައުލޫމާތު އޮންލައިންކޮށް ބެލޭގޮތަށް ކަމަށް ބަޔާނުގައި ވެއެވެ.

ޑިޖިޓަލްކޮށް ރިފޯޓު ފޯމް ދޭ ސްކޫލުތަކުގެ ތެރޭގައި މާލެ އަދި ރަށްރަށުގެ ސްކޫލުތައް ހިމެނޭއިރު، މިއަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް ދޭން ހަމަޖައްސާފައިވަނީ އަންނަ ބުރާސްފަތި ދުވަހެވެ. އަދި އީދު ބަންދަށްފަހު، ދެ ވަނަ ޓާމުގެ ކިޔެވުން ފަށަން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހެވެ.

Leave a Reply

Your email address will not be published.

haftha.mv ©