މުޙައްމަދު އަންވަރު
28 May 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ އެކި ރަށްތަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަތައް ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ތިން ރަށަކަށް ޖަނަރޭޓަރު ސްޓްތައް ފޮނުވައިފި އެވެ.

ފެނަކައިން ޖަނަރޭޓަރު ފޮނުވާފައިވަނީ މިހާރު ކަރަންޓްގެ މައްސަލަ އެންމެ ގޯސްވެފައިވާ އެއް ރަށް ކަމަށްވާ ށ. ފީވަކަށާއި ގއ. ދާންދޫގެ އިތުރުން ތ. ތިމަރަފުއްޓަށެވެ.

ފެނަކައިން ބުނީ ށ. ފީވަކަށް ޖެން ސެޓް ހިފައިގެން ދިޔަ ދޯނި އެ ރަށަށް މިހާރު ލަފާފައިވާ ކަމަށެވެ. އަދި ދާންދޫއަށް ފޮނުވާ 200 ކިލޯ ވޯޓްގެ ޖެން ސެޓާއި ތިމަރަފުއްޓަށް ފޮނުވާ 400 ކިލޯ ވޯޓްގެ ޖެން ސެޓް ހިފައިގެން ދޯނި ދަތުރު ކުރަމުންދާ ކަމަށް ވެސް ފެނަކައިން ބުނެ އެވެ.

އެ ތިން ރަށަށް ފޮނުވި ޖަނަރޭޓަރުތައް އިންސްޓޯލް ކޮށް ނިމުމުން މިހާރު އެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލު ލިބިގެން ދާނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ.

މި ފަހަކަށް އައިސް ރާއްޖޭގެ އެކި ރަށްތަކަށް ކަރަންޓްގެ މައްސަލަ ދިމާވެ އެރަށްތަކުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. ނަމަވެސް ކަރަންޓް ކެނޑެން ދިމާވަނީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވުމުން ލޯޑް ބޮޑުވެގެން ކަމަށް ރާއްޖޭގެ ރަށްތަކަށް ކަރަންޓްގެ ހިދުމަތް ދެމުންދާ ދެ ކުންފުނި ފެނަކަ އަދި ސްޓެލްކޯ އިން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©