މުޙައްމަދު އިބްރާހިމް
28 May 2019
މަޤްބޫލު ޙަބަރު

ބަރަކާތްތެރި ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެކެވެ. އާއިލީ ގުޅުންތައް ބަދަހިކުރަންވީ މަހެކެވެ. ހިތްތައް އެކުވެރިކުރަންވީ މައްސަރެވެ. ހާއްސަ ގޮތެއްގައި ރޯދައިގެ ހަގީގީ ބޭނުމަކީ ފަގީރުން އުޅެމުންދާ ބަނޑުހައި ހޫނުކަން ތިމާއަށް އިހުސާސް ކުރެވުމެވެ.

އެހެންކަމުން މިއީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅޭ ފަގީރުކަމާއި ނިކަމެތިކަން ތަހައްމަލު ކުރަމުންދާ މުސްލިމުންގެ އިހުސާސްތައް ދެނެގަންނަންވީ މައްސަރެވެ. ކާނެ އެއްޗެއް ބޯނެއް އެއްޗެއް ނެތި، ހައިހޫނުކަމުގައި އުޅޭ މީހުންނަށް އެހީތެރިވާންވީ މަހެވެ.

އެގޮތުން މި މައްސަރާ ދިމާކޮށް ރާއްޖޭގެ ބައެއް ދީނީ ޖަމިއްޔާތަކުންނާއި އަމިއްލަ ކުންފުނިތަކުން ދަނީ ފަލަސްތީނާއި ސޫރިޔާގައި އުޅޭ މުސްލިމުންނަށް އެހީތެރިވަމުންނެވެ. އޭގެ ތެރެއިން އެފަދަ ކަންކަމުގައި އަބަދުވެސް އިސްނަގާ ލިޓަސް އިން މިފަހަރު ވެސް މިވަނީ ނަމޫނާ ދައްކައިފައެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ސައިކަލް އެތެރެކޮށް ވިއްކަމުން އަންނަ ލިޓަސް އިން އިއްޔެ ވަނީ އަހަރެމްނގެ ބޭނުން ޖެހިފައިވާ ފަލަސްތީނުގައި އުޅޭ 500 މުސްލިމުންނަށް ރޯވަ ވީއްލުމެއް ހަދިޔާކޮށްފައެވެ.

ފަލަސްތީނާއި ސޫރިޔާއަށް އެހީތެރިކަން ފޯރުކޮށްދޭ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ އެހީތެރިކަމާއެކު އެ ރޯދަ ވީއްލުން ދީފައިވަނީ މުސްލިމުންގެ ތިން ވަނައަށް އެންމެ މުގައްދަސް ބިނާ ކަމަށްވާ މަސްޖިދުލް އަގްސާގައެވެ.

ލިޓަސްގެ ޓުވިޓާގައި ހިއްސާކޮށްފައިވާ ބައެއް ފޮޓޯތަކުގައި ވަނީ ލިޓަސް މޯލްޑިވްސް އަށް ޝުކުރު އަދާކޮށް ލިޔެފައިވާ ބެނާއެއް ހިފަހައްޓައިގެން ތިބި ފަލަސްތީނުގެ ބައެއް ރައްޔިތުންގެ ފޮޓޯ ހިއްސާކޮށްފައެވެ.

ލިޓަސްގެ ފަރާތުން މި ކުރި ސަދޮގާތަށް ގިނަ ބަޔަކު އެ ކުންފުންޏަށް ތައުރީފު ކުރަމުންދާއިރު، ލިޓަސްގެ މި ހަރަކާތުން އިބްރަތް ލިބިގަނެ، އެހެން މީހުން ވެސް ސޮދަގާތް ކުރުމަށް ވަނީ ގޮވާލައިފައެވެ.

ލިޓަސް އިން ފަލަސްތީނުގެ ގިނަ ބަޔަކަށް ރޯދަ ވީއްލުމެއް ދީފައިވާއިރު، އާންމުންގެ މަގުބޫލުކަން ހޯދާފައިވާ އެ ކުންފުންޏަކީ އަބަދުވެސް ތަފާތު ޕްރޮމޯޝަންތައް ހިންގާ ފިހާރައެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©