ނަސްވާ ހަސަން
29 May 2019
މަޤްބޫލު ޙަބަރު

ރައްޔިތުންގެ މަޖިލީހުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ މެމްބަރަކަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އައްޔަން ކުރުމަށް އެމްޑީޕީއިން ނިންމައިފި އެވެ.

މަޖިލިހުގެ ފަރާތުން ޖޭއެސްސީ އަށް ހިސާން ކަނޑައަޅަން ނިންމ،ީ މިއަދު އެކަމަށް މަޖިލީހުގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް ރޭ ހުވާ ކުރިއިރު ހިސާނަކީ މަޖިލީހަށް މުޅިން އަލަށް އިންތިހާބުވެވަޑައިގެންނެވި   ބޭފުޅާ އެކެވެ.

ޖުޑިޝަރީ އިސްލާހު ކުރަން ޖެހޭ ކަމަށް އަޑު އުފުލަމުންދާ ހިސާނަކީ މަޖިލިހުގެ އާ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގަންނެވި ބޭކަނބަލެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©