މުޙައްމަދު އަންވަރު
28 May 2019
މަޤްބޫލު ޙަބަރު

އދ. މަހިބަދޫ ކައިރީގައި އޮންނަ މަންތާ ޕޮއިންޓަށް ޑައިވް ކުރުމަށް އެރި އޮތް ފަތުރުވެރިއެއްގެ ބޯމައްޗަށް އިތުރު ފަތުރުވެރިއަކު ވެއްޓި މޫދުގައި އޮތް ފަތުރުވެރިޔާގެ ހާލު ސީރިއަސް ވެއްޖެ އެވެ.

އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:00 ޖަހާކަންހާއިރުއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މޫދުގައި އޮތް ފަތުރުވެރިއާގެ ބޯމައްޗަށް އިތުރު ފަތުރުވެރިޔަކު ވެއްޓުނީ، ޖެހި ރާޅަކާއެކު ކަމަށެވެ.

އަދި ދޯނީގައި ހުރި ފަތުރުވެރިޔާ ޑައިވް ކުރުމަށް އަޅައިގެން ހުރި އޮކްސިޖަން ފުޅިން (ވައި ފުޅި) އެ ވަގުތު މޫދުގައި އޮތް ފަތުރުވެރިޔާގެ ބޮލުގައި ޖެހި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ވަގުތުން މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުނެއެވެ.

އެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 29 އަހަރުގެ ޖަރުމަނު ފަތުރުވެރިއަކަށް ކަމަށް ވެސް ފުލުހުން ބުނެއެވެ. އޭނާއަށް މަހިބަދޫ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިއަދު މެންދުރު 14:00 ހާއިރު އިތުރު ފަރުވާއަށް މާލެ ގެނައިސްފައިވާއިރު އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©