ނަސްވާ ހަސަން
29 May 2019
މަޤްބޫލު ޙަބަރު

ސައޫދީ އަރަބިއްޔާގައި އޮންނަ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ 14 ވަނަ ސަމިޓުގައި ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސައުދީ އަށް ފުރާވަޑައިގަންނަވައިފި އެވެ.

އަންނަ ހުކުރު ދުވަހު މައްކާގައި އޮންނަ އެ ސަމިޓުގެ ރިޔާސަތު ބަލަހެއްޓުމަށް ހަމަޖެހިފައި ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒެވެ.

މި ބައްދަލުވުމުގައި އިސްލާމީ އުއްމަތަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާ، ހިޔާލުތަފާތުވުން އުފެދޭ މުހިއްމު މައްސަލަތަކުގައި، ގައުމުތަކުން ވާހަކަ ދައްކާނެ އެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ އެ ދަތުރުފުޅަށް ފަހު، ރައީސް އެނބުރި ރާއްޖެ ވަޑައިގަންނާނީ އުމްރާގެ އަޅުކަން އަދާކުރައްވުމަށްފަހު އަންނަ މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. އަދި މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ސޯލިހް ސައޫދީ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

Leave a Reply

Your email address will not be published.

haftha.mv ©