ނަސްވާ ހަސަން
29 May 2019
މަޤްބޫލު ޙަބަރު

މާލޭގެ ގޯޅިގަނޑެއްގެ ތެރޭ ނިދާފައި އޮތް ދިވެހި ފިރިހެން މީހާއަށް އެހީވެ، އެ މައްސަލަ ބެލުމަށް އޭނާ ހޯދުމުގް މަސައްކަތް ކުރާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެ މީހާ ނިދާފަ އޮތީ ރަށްދެބައިމަގުގައި ހުންނަ ގޯޅިއެއްގައި ކަމަށާއި އެމީހާ އަދި ހޯދިފައި ނުވާ ކަމަށެވެ.

މާލޭގެ ގޯޅިގަނޑެއްގެ ތެރޭގައި ގޮދަޑި އަޅައިގެން ނިދާފައި އޮތް ޒުވާން ފިރިހެން މީހާގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވެ އެއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

ފޮޓޯއިން ފެންނަ ގޮތުގައި ހުސް ގަޔާ ނިދާފައި އޮތް އެ މީހާގެ ގައިގަ ފޮތިގަނޑެއް އޮންނައިރު، އޭނާގެ ދަބަހާއި އެހެން ބައެއް ތަކެތި ވެސް ފާރު ކައިރީގައި ބަހައްޓާފައި ހުންނަ ކަމަށެވެ..

އޮފިޝަލް ވިދާޅުވީ މީގެ ކުރިންވެ އެ މީހާ ގޯޅިގަނޑުގައި ނިދާ މައްސަލައެއް، މިނިސްޓްރީގެ ސަމާލު ކަމަށް އާއްމުން ގެނެސްފައިވާ ކަމަށާއި އެކަން ހައްލު ކުރެވިފައި ނުވަނީ އެއީ ކާކުކަން ނޭގޭތީ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©