ނަސްވާ ހަސަން
29 May 2019
މަޤްބޫލު ޙަބަރު

ރާއްޖެއަށް ވިއްސާރަކޮށް، ބައެއް ރަށްރަތަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުންް އެކަށީގެންވާ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަސް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފަިއވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މިއަދު ހެނދުނު 11:00 ން 15:00 އަށެވެ. އަދި ސަރަހައްދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މެޓުން ބުނީ، ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ. 

ރާއްޖެތެރޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރައިގަ، ބައެއް ރަށްރަށުގައި ފެން ބޮޑުވެ، މީހުންގެ މުދަލަަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©