ނަސްވާ ހަސަން
29 May 2019
މަޤްބޫލު ޙަބަރު

ބީއެޗްއެމް ޓްރޭޑާސް އިން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޖަމާކުރަން ގެންދިޔަ ރުފިޔާ ފޭރިގަތް މައްސަލައިގައި ހިމެނޭ މީހުންނަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މި މައްސަލަ ހިނގާފައިވަނީ މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު އެވެ. އަދި އެކަމުގައި ބައިވެރިވި މީހުންނަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އަށް ފޮނުވީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ. ފުލުހުން ބުނީ އެ މައްސަލައިގާ އަމަލީ ގޮތުން ބައިވެރިވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކާއި 21 އަހަރުގެ މީހަކާއި އެކަން ރާވައި، ފައިސާތައް ފޮރުވުމުގައި ބައިވެރިވި 23 އަހަރުގެ ދެ މީހެއް ކަމަށެވެ.

އަދި ޟިގެ ކުރިން ވަނީ ފޭރުމުގެ ހެކި ނައްތައިލުމުގެ ތުހުމަތުގައި ހައްޔަރުކުރި 18 އަހަރުގެ ދެ ކުދިންގެ މައްޗަށް އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ ދޫކޮށްލާފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©