މުޙައްމަދު އަންވަރު
30 May 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ މެދު ތެރެއާއި ދެކުނުގެ އަތޮޅަކަށް މޫސުން ގޯސްވެ، މޯލްޑިވިއަން އިން ފުވައްމުލަކަށް މިރޭ ކުރުމަށް ހަމަޖެހިފައިވާ ދަތުރު ކެންސަލް ކޮށްފިއެވެ.

މޯލްޑިވިއަންއިން މިރޭ ބުނީ، މޫސުން ގޯސްވުމުގެ ސަބަބުން މިރޭ ފުވައްމުލަކަށް ކުރުމަށް ހަމަޖެހިފައިވާ އޮތް މޯލްޑިވިއަންގެ ދަތުރު ކެންސަލްކޮށްފައިވާ ކަމަށެވެ.

އަދި ކަސްޓަމަރުންނަށް ދިމާދި ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށާއި ދަތުރުގެ އިތުރު މައުލޫމާތު ފޯރުކޮށްދެމުންދާނެ ކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ.

މޯލްޑިވިއަންއިން ފުވައްމުލަކަށް މިރޭ ކުރަން އޮތް ފްލައިޓް ކެންސަލް ކޮށްފައިވާއިރު، މޫސުމާ ބެހޭ މައި އިދާރާ. މެޓް އޮފީހުން ވަނީ 12:00 އާ ހަމައަށް ވ. އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް ރީނދޫ އެލާޓް ނެރެފައެވެ.

މޫސުމާ ބެހޭ އިދާރާއިން މިއަދު ނެރުނު އެލާޓްގައި ބުނެފައިވަނީ، އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ

Leave a Reply

Your email address will not be published.

haftha.mv ©