ނަސްވާ ހަސަން
01 June 2019
މަޤްބޫލު ޙަބަރު

މިއަދާއި މާދަމާ ރާއްޖޭގެ މޫސުން ރަނގަޅުވާނެ  ނަމަވެސް ހޯމަދުވަހުން ފެށިގެން ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ލަފާކޮށްފި އެވެ. އެހެންކަމުން މިފަހަރުގެ ފިތުރު އީދު ވެގެންދާނީ ފެން އީދަކަށެވެ.

މެޓު އޮފީހުން ބުނީ ހޯމަދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އިތުރަށް ދެމިގެން ދާނީ ކިތަށް ދުވަހަށްކަމެއް އަދި ނޭނގޭކަމަށެވެ.

މިދިއަ ހަފްތާ ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭ ވެހި، ވައި ގަދަވެފައިވުމުގެ ސަބަބުން ބައެއް ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުން އީދުވާނީ އަންނަ އަންގާރައިގަ އެވެ. އެހެންކަމުން އަންގާރައިން ފެށިގެން ހޮނިހިރާ ހަމައަށް ސަރުކާރު ބަންދުވާތީ ގިނަ ބަޔަކު ރަށުން ބޭރަށް ދާން ވެސް ވަނީ ތައްޔާރުވެފަ އެވެ.

މެޓުން ބުނީ، އީދު ބަންދުގައި ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރުދަތުރު ކުރާއިރު މޫސުމަށް ސަމާލުކަން ދިނުމަށް މެޓުން ބުންޏެވެ.

Leave a Reply

Your email address will not be published.

haftha.mv ©