ނަސްވާ ހަސަން
01 June 2019
މަޤްބޫލު ޙަބަރު

މިއަހަރުގެ ފިތުރު އީދު ނަމާދުވެސް ބޮޑު ޖަމާއަތެއްގައި ކުރުމަށް މާލޭގައި އީދު ނަމާދު ކުރާނީ މާފަންނު ސްޓޭޑިއަމްގައި ކަމަށް އިސްލީމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިސްލާމިކް މިިނިސްޓްރީން ބޭއްވި ނޫސްކޮންފަރެންސެއްގައި ޑެޕިއުޓީ މިނިސްޓަރު އަހްމަދުﷲ ޖަމީލް ވިދާޅުވީ ބޮޑު ޖަމާއަތެއްގައި އީދު ނަމާދުކުރުމަށް ކުރަމުންދާ ތައްޔާރީތައް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

އެގޮތުން އީދު ނަމާދަށްދާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އޮފިޝަލުންތަކެއް ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން އީދު ނަމާދަށް ދާނެތީ އެފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ބަންގްލަދޭޝް އޮފިޝަލުން ވެސް ތިބޭނެ ކަމަށް ވިދާޅުވި އެވެ.

އަދި ނަމާދުކުރަންދާ ފަރާތްތަކުން ސާފުތާހިރުކަމަށް އިސްކަން ދިނުމަށާއި އެތަނުގައި ބަހައްޓާފައި ހުރި ޑަސްބިންތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް އަހުމަދުﷲ ވިދާޅުވި އެވެ.

އޭގެ އިތުރުން ފުލުހުން ބުނީ، ކުރީ އަހަރުތަކާއި ހިލާފަށް މިއަހަރު އީދު ކުރުމަށް ބައެއް މަގުތައް ބަންދުކުރާނީ 6:30 ގައި ކަމަށާއި އެ މަގުތަކުގެ ތަފްސީލު ރައްޔިތުންނަށް ހިއްސާކުރަމުންދާނެ ކަމަށެވެ. އަދި ވެހިކަލްތައް މަގުތަކުގައި ތޮއްޖެހުމުގެ މައްސަލަ ކުޑަކުރުމަށް ވެހިކަލް ޕާކް ކުރަން ސްޓޭޑިއަމްގެ ވެލި ދަނޑު ހަމަަޖައްސާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބޮޑު ޖަމާއަތެއްގައި އީދު ނަމާދުކުރުމަށް މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް ހުސް ބިންތަކުގައި، އީދު ނަމާދުކުރެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©