ނަސްވާ ހަސަން
01 June 2019
މަޤްބޫލު ޙަބަރު

މާލެއިން ފުރައިގެން ކ. ކާށިދޫ އަށް ދަތުރުކުރަނިކޮށް ކާށިދޫ ނެރަށް އެރި ތެޔޮ ބާޖު މިއަދު ފުންކުރެވިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓު ފުންކުރެވުނީ މިއަދު 11:22 ހާއިރު ކަމަށެވެ. އަދި އުޅަނދަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ތެޔޮ ލީކު ނުވާ ކަމަށެވެ.

ފިޔުލް ސަޕްލައި މޯލްޑިވްސްގެ “މާތޮޅި” ނަމަކަށް ކިޔާ 100 ފޫޓުގެ ތެޔޮ ބޯޓެއް ކާށިދޫގެ ހުޅަނގު ނެރަށް އެރި މިދިޔަ ބުދަ ދުވަހު އެވެ.

ހާދިސާ ހިނގި އިރު ބޯޓުގައި 27000 ލީޓަރުގެ ޕެޓްރޯލު އަދި 180،000 ލލީޓަރުގެ ޑީސަލް ބަރުކޮށްފައި ހުރިއިރު، މިހާރު އެ ތެޔޮތައް ވަނީ އެހެން ބާޖަކަށް ހުސްކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©