Fri, 29 May, 2020, 5:12 pm
އީދު ދުވަހާ ގުޅިގެން ދެ ދުވަހު ހަވީރު ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސައިފި
8

ފިތުރު އީދު ދުވަހާއި ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން އެ ދެ ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ދުއްވާ އެއްޗިހި ދުއްވުން މަނާކޮށް ހިނގާފައި އުޅޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލްއިން ބުނީ އެ ނިންމުން ނިންމީ މޭލޭ އަކީ ރާއްޖޭގެ އެންމެ ގިނައިން މީހުން ދިިރިއުޅޭ ސީޓީއަށް ވެފައި މާލޭގެ މަގުތަކަކީ ކާރޫބާރޫ ބޮޑު މަގުތަކަކަށް ވުމާ އެކު ފިތުރު އީދު ދުވަހު ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި ޒުވާނުން މަގުތަކަށް ނިކުމެ އުޅޭ އިރު ލިބިދާނެ ގެއްލުމަކުން ރާއްކާތެރިވުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ފިތުރު އީދުވާ އަންގާރަ ދުވަހާއި ތިމާވެށީގެ ދުވަސް ކަމަށްވާ ބުދަ ދުވަހުގެ ހަވީރު 16:30 އިން ފެށިގެން 18:30 އާ ހަމައަށް މާލެ އަދި ވިލިމާލޭގައި ދުއްވާ އެއްޗެތި ދުއްވުން މަނާކަމަށް ކަނޑައަޅައި ސިޓީ ކައުންސިލުން ވަނީ ސާކިއުލާއެއް ނެރެފަ އެވެ.

Leave a comment

Your email address will not be published.