މުޙައްމަދު އަންވަރު
01 June 2019
މަޤްބޫލު ޙަބަރު

ރާއްޖެ އިން ބޮލީވިއާއާ އެކު ސިޔާސީ ގުޅުން އިއްޔެ ގާއިމުކޮށްފި އެވެ.

ބޮލީވިއާއާ އެކު ގުޅުން ގާއިމު ކުރުމުގެ އެއްބަސްވުމުގައި ރާއްޖެ އިން ސޮއިކުރެއްވީ ރާއްޖެ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އަދި އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ތިލްމީޒާ ހުސައިނެވެ.

އެމެރިކާގެ ނިއުޔޯކްގައި ބޭއްވި ރަސްމިއްޔާތެއްގައި ބޮލިވިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން އެމެރިކާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ސަޝާ ސާޖިއޯ ލޮރެންޓީ އެވެ.

މީގެ ކުރިން ރާއްޖެ އިން ވަނީ 170 ގައުމަކާއި އެކު ސިޔާސީ ގުޅުން ގާއިމްކޮށްފަ އެވެ.

ނިއުޔޯކްގައި ހުންނަ ރާއްޖޭގެ މިޝަން އިން ބުނީ ރާއްޖެ އާއި ބޮލީވިއާއާ އެކު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، މުހިއްމު މަސައްކަތްތައް ކުރިމަގުގައި ކުރުމަށް އުއްމީދު ކުރާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©