މުޙައްމަދު އަންވަރު
01 June 2019
މަޤްބޫލު ޙަބަރު

ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ކުރުނބާ މޯލްޑިވަސް ރިސޯޓުން ރޯދަވިއްލުމެއް ދީފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވަނީ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ރޯދަވީއްލުމެއް ދިނީތީ ކުރުނބާ މޯލްޑިވްސް ރިސޯޓަށް ޝުކުރު އަދާކޮށްފައި ވެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓް ކަމަށްވާ ކުރުނބާ މޯލްޑިވަސްގައި މިއަދު އޮތް އެ ރޯދަ ވިއްލުމުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފަ އެވެ. އޭގެ އިތުރުން މި ރޯދަ ވީއްލުމުގައި ޖެންޑާ މިނިސްޓަރު، ޝިދާތާ ޝަރީފް ވެސް ވަނީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކުރުނބާ މޯލްޑިވްސްގެ އިތުރުން، ހުދުރަންފުށި ރިސޯޓުން ވެސް ވަނީ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް އިއްޔެ ރޯދަވީއްލުމެއް ދީފައެވެ. އަދި މިދިޔަ ހޯމަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވެސް ވަނީ މުލިއާގޭގައި އެ ކުދިންނަށް ރޯދަ ވީއްލުމެއް ދެއްވާފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©