މުޙައްމަދު އަންވަރު
01 June 2019
މަޤްބޫލު ޙަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ކ. ގުރައިދޫގައި ހުރި މީހަކު މަރުވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދިރިއުޅެމުންދިޔަ އުމުރުން 41 އަހަރުގެ، ނަފްސާނީ ބަލި ހުންނަ ފިރިހެނަކު މިއަދު މަރުވެފައިވާ ކަމަށެވެ.

އޭނާ މަރުވެފައިވަނި މިއަދުގެ ވަގުތެއްގައި އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް ވެސް ޖެންޑާ މިނިސްޓްރީގެ ޓްވީޓްގައި ވަނީ ބުނެފަ އެވެ. ނަމަވެސް އޭނާ މަރުވީ ކޮން ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމެއް އަދި ގުދުރަތީ މަރަކުން ކަމެއް ޖެންޑާ މިނިސްޓްރީއަކުން ނުބުނެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©