މުޙައްމަދު އަންވަރު
01 June 2019
މަޤްބޫލު ޙަބަރު

މާލޭގެ ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި ކަމަށް ބުނެ މީހެއްގެ ގަމީސް ބާލުވައި ބުރަކަށީގައި ‘ވަގު’ ޖަހައިގެން މަގުތަކުގައި ހިންގުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިރޭ 20:38 އެހާކަން ހާއިރު، މާފައްނު ބްލޫކިޔާ މަގާއި ދަކަދާ މަގާ ގުޅޭ ހިސާބުގައި ހުރި ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި، އާންމުންގެ ބަޔަކު 18 އަހަރުގެ މީހަކު ހިފަހައްޓައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަދި އޭނާގެ ބުރަކަށީގައި “ވަގު” ޖެހުމަށް ފަހު އެ ހިސާބުގަނޑު މީހުން ވަނީ އޭނާ ބްލޫކިޔާ މަގުގައި ގަން ހިންގުވާފަ އެވެ.އިފައެވެ. އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މާލޭގައި މީހަކު ގަން ހިންގާފައިވާއިރު، ދާދި ފަހުން ހުޅުމާލޭގައި ކުޑަކުއްޖަކާ ބެހުނު ކަމަށް އެއްބަސްވި މީހަކުވެސް ވަނީ ގަން ހިންގައިފައެވެ. އެހެން ނަމަވެސް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ، މަގުމަތިން މައްސަލަތައް ހައްލު ކުރުމުގެ ބަދަލުގައި ފުލުހުންނަށް ރިޕޯޓް ކުރުމަށެވެ.

Leave a Reply

Your email address will not be published.

  1. ގަން ހިންގުވުން ގަން ހިންގުވުން ދެން ކޮންމެ ކަމެއް ވާއިރަށް ގަން ހިންގުވާ …….

haftha.mv ©