Fri, 29 May, 2020, 5:28 pm
ރަސްދޫ ގޮނޑުދޮށް ހިމާޔަތްކުރަން އަށް މިލިއަން ރުފިޔާ ކަނޑައަޅައިފި
4

އއ. ރަސްދޫ ގޮނޑުދޮށް ގިރާ މައްސަލައަށް ހައްލެއް ހޯދުމަށް 8 މިލިއަން ދިވެހި ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެއީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 6.9 މިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން ކަނޑައެޅި އަދަަދެއް ކަމަށް ބުންޏެވެ. އަދި  ރަސްދޫގެ ބޮޑު ސަރަހައްދެއް ގިރެމުންދާއިރު، އެ މަޝްރޫއުގެ ދަށުން ރަސްދޫގައި ގިރަމުންދާ 179 މީޓަރުގެ ސަރަހައްދެއް ހިމާޔަތް ކުރެވޭނެ ފޮރިން މިނިސްޓްރީން ބުންޏެވެ.

ގެސްޓުހައުސްގެ ވިޔަފާރި ވެސް ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ރަސްދޫގެ ގޮނޑުދޮށް ކުރިން ބޭނުންކުރަމުން އައީ ކުނި ގޮނޑެއްގެ ގޮތުގައި ކަމުން އެތަނަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް 6.9 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް އިންޑިއާ އިން އެއްބަސްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވާރާޖް މާޗް މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

Leave a comment

Your email address will not be published.