ނަސްވާ ހަސަން
02 June 2019
މަޤްބޫލު ޙަބަރު

މިދިޔަ ހަފްތާ ތެރޭ މާލޭގައި 64 އެކްސިޑެންޓް ހިނގިއިރު އެ އެކްސިޑެންޓްތަކުގައި 17 މީހަކަށް ވަނީ އަނިޔާވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި މި މަހުގެ 25 ން 31 ވަނަ ދުވަހާ ހަމަޔަށް މާލޭގައި، ހިންގި ޓްރެފިކް އޮޕަރޭޝަންތަކުގައި 361 ވެހިކަލް ބެލިއިރު، ވެހިކަލް ދުއްވި 88 މީހަކީ ލައިސަންސް ނެތެވެ. އަދި ލައިސަންސް ކާޑް އަތުގައި ނެތި 52 މީހަކު ވެހިކަލް ދުއްވި އިރު، 18 އަހަރުން ދަށުގެ ދެ ކުއްޖަކު ވެހިކަލް ދުއްވި މައްސަލައެއް ފުލުހުން ބެލި އެވެ.

މީގެ އިތުރުން، ވަންވޭއާ ހިލާފަށް ވެހިކަލް ދުއްވި 12 މައްސަލަ ރިޕޯޓް ކުރިއިރު، މާ ބާރަށް ވެހިކަލް ދުއްވި 57 މައްސަލަ ވަނީ ފާހަގަވެފަ އެވެ. އަދި އިންޝްއަރެންސް އާއި ރޯޑް ވާދިނަސް އަދި އަހަރީ ފީ ނުދައްކާ ވެހިކަލް ދުއްވުމުގެ މައްސަލަތައް އަދިވެސް ބޮޑެވެ. އެގޮތުން، އިންޝްއަރެންސް ނެތި ވެހިކަލް ދުއްވި 13 މައްސަލަ އަދި އަހަރީ ފީ ނުދައްކާ 24 މައްސަލަ އަދި ރޯޑްވާދިނަސް ނުހައްދާ 22 މައްސަލައެއް ބަލާފައިވެ އެވެ.

އަދި ގަވައިދާ ހިލާފަށް ޕާކުކޮށްގެން މިދިޔަ ހަފްތާ 674 އުޅަނދުގައި ސްޓިކާ ޖަހާފައިވާއިރު، 12 ވެހިކަލެއް ވަނީ ޓޯ ކޮށްފައެވެ. އެއީ ހަތް ކާރާއި ފަސް ސައިކަލެވެ.

އޭގެ އިތުރުން ހެލްމެޓު އެޅުން މަޖުބޫރު ސަރަހައްދުތަކުގައި ހެލްމެޓު ނާޅާ ދުއްވި 15 މީހެއް ފަހަގަ ކުރެވިފައިވާއިރު  ހެޑްފޯނު އަޅައިގެން އުޅަނދު ދުއްވި 18 މީހަކު ހިމެނެއެވެ. އަދި ގަވައިދާ ހިލާފަށް ޓެކްސީ ކުރި ދެ މީހަކާއި އެކްސިޑެންޓްތަކާއި ގުޅިގެން 11 މީހެއްގެ ލައިސެންސްވެސް ވަނީ މި މުއްދަތުގައި ހިފަހައްޓާފައި ކަމަށް ފުލުހުން ބުންޏެވެ.

Leave a Reply

Your email address will not be published.

haftha.mv ©