ނަސްވާ ހަސަން
02 June 2019
މަޤްބޫލު ޙަބަރު

މިއަހަރުގެ ފިތުރު އީދު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު އީދު ސަލާން ކުރެއްވުން މުލިއާގޭގައި އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން އޮންނާނީ ހެނދުނު 09:30 އިން 10:30 އަށް ކަމަށެވެ.

އެގޮތުން ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ބޭރުގެ ޢިއްޒަތްތެރިންނަށާއި ރާއްޖޭގެ އެކި ކުންފުނިތަކާއި އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ދައުވަތު އަރުވާފައެވެ.

ޢީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވަދެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެދު ޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©