Thu, 4 June, 2020, 12:25 am
ކުރީގެ މެމްބަރު އަސްމާ ރަޝީދުގެ ފިރިކަލުން މިއަދު އަވަހާރަވެއްޖެ
4

މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އަސްމާ ރަޝީދުގެ ފިރިކަލުން ހުސައިން ޝަރީފު އިންޑިއާގައި މިއަދު އަވަހާރަވެއްޖެ އެވެ.

ހުސައިން ޝަރީފު އަވަހާރަވީ ހާލުކޮޅު ސީރިއަސް ވެގެން އިންޑިއާގެ ބެންގަލޫރަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ. ހުސެން ހާލު ސީރިއަސްވެގެން އިންޑިއާއަށް ގެންދިޔައީ މީގެ ތިން ދުވަސް ކުރިން، އައިޖީއެމްއެޗުގެ އައިސީޔޫގައި ވެސް ފަރުވާ ދިނުމަށްފަހު އެވެ.

އޭގެ އިތުރުން ހުސެއިން ޝަރީފަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ގެ ބައްޕާފުޅެވެ.

ހުސައިން ޝަރީފް ވަނީ ސަރުކާރުގެ އެކި މަގާމުތަކުގައި 36 އަހަރު ވަންދެން އުޅުއްވާފަ އެވެ. އޭގެ ތެރެއިން ހުސައިން ޝަރީފު އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގަ އެވެ. އަދި ހުސައިން ޝަރީފު އެންމެ ފަހުން އުޅުއްވީ ފޮރިން މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަގާމުގަ އެވެ.

Leave a comment

Your email address will not be published.