ނަސްވާ ހަސަން
02 June 2019
މަޤްބޫލު ޙަބަރު

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް 3 ދުވަހު ބޯކޮށް ވާރޭވެހި، ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިި އެވެ.

މެޓުން ލަފާދޭ ގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި އާންމު ގޮތެއްގައި ވައި ގަދަވާނެ ކަމަށް ލަފާކުރެވެނީ މެތުތެރެއާއި އުތުރުގެ އަތޮޅުތަކަށް ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެގޮތުން މެދުތެރޭއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލަށް ގާތްގަޑަކަށް 45 މޭލު ބާރުމިނުގައި ބާރު މިނުގައި ވައިގަދަވާނެ ކަމަށާއި އެހެން ހިސާބުތަކަށް ވައިޖެހޭނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށް މެޓު އޮފީހުން ލަފާކޮށްފައި ވެއެވެ.

މެޓު އޮފީހުން ބުނީ މެދުތެރޭއާއި އުތުރުގެ އަތޮޅުތަކަށް ކަނޑުގަދަވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެނީ ވިލާގަނޑުގައި ކަމަށެވެ. އެހެން ކަމުން ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާޒްކުރެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©