ނަސްވާ ހަސަން
03 June 2019
މަޤްބޫލު ޙަބަރު

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ 14 ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ މައްކާގައި މެއި މަހުގެ 31ގައި ބޭއްވި މި ސަމިޓަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމީ އުންމަތަށް މުހިންމު ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެވެ. މި

ގޮތުން މުޅި އިސްލާމީ އުންމަތުގެ ބޮޑެތި މައްސަލަތަކަށް ރާއްޖެއިން ދޭ އިސްކަން ފާހަގަކުރައްވައި، މުސްލިމު އުންމަތުގެ ލާބައާ މަންފާއަށްޓަކައި ކުރެވޭ ކަންކަމުގައި ރާއްޖެއިން ވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް، ވަކިން ހާއްސަކޮށް ފަލަސްޠީނުގެ މުސްލިމު ރައްޔިތުންނަށް ރާއްޖެއިން ތާއީދު އޮތް މިންވަރު ވަނީ ރައީސްގެ ހުށައެޅުއްވުމުގައި ފާހަގަކުރައްވާފައިވެއެވެ.

އެ ސަމިޓުގައި ވަނީ މުހިންމު މައްސަލަތަކުގެ ތެރޭގައި އަދުގެ ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ ޢަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކަށް ވާހަކަ ދެކެވިފަ އެވެ.

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމީ އުންމަތުގެ ހަމަޖެހުމާއި ޞުލްހަ މަސަލަސްކަމަށް އެދި ﷲ ގެ ހަޟުރަތުގައި ދުޢާ ދެންނެވުމަށް އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއި އެންމެހައި މުސްލިމުންގެ ކިބައިން އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©