ނަސްވާ ހަސަން
03 June 2019
މަޤްބޫލު ޙަބަރު

މާލޭގެ ގެސްޓް ހައުސްއެއްގައި ރޭ ފަތިހު ޒުވާނަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ، މ. ވިކްޓޯރިއާ ހައުސް ގެސްޓްހައުސްގައި އޮތް 24 އަހަރުގެ ފިރިހެނަކު ހާލު ދެރަވެގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ފަތިހު 4:30 އެހާކަށް ހާއިރު ކަމަށެވެ.

އެގޮތުން އައިޖީއެމްއެޗާއި ހަވާލާދީ ފުލުހުން ބުނީ އެނާ ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައި ކަމަށެވެ.

އޭގެ އިތުރުން ފުލުހުން ބުނީ މި ހާދިސާގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުގެ ސަބަބުން ފުލުހުން ދަނީ އިތުރަށް އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©