ނަސްވާ ހަސަން
03 June 2019
މަޤްބޫލު ޙަބަރު

ބ. ފެހެންދޫގެ އާބާދީ ކުޑަވުމުން ފެހެންދޫގައި ސްކޫލުގައި ކިޔަވާ ނުދޭތީ، ކިޔަވާ ކުދިން ކޮންމެ ދުވަހަކު ޑިންގީއެއްގައި ދަތުރުކުރަން ޖެހޭތީ އެކަން ހައްލު ކޮށްދިނުމަށްޓަކައި އިންޑިއާ ސަރުކާރުގެ އެހީގައި ދިނުމަށް ނިންމައިފި އެވެ.

ފެހެންދޫ ސްކޫލުގައި ކިޔަވަމުން އަންނަނީ 26 ކުދިންނެވެ. އަދި އެ ކުދިން ކިޔަވަން ދާން ޖެހެނީ އެ ރަށާ އެއް ފަޅެއްގައި އޮންނަ ގޮއިދުއަށް ކަމުން އެ ސްކޫލަށް ޚާއްސަ ފެރީއެއް އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ދިނުމަށް ވަނީ ނިންމާފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދީފައިވާ 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ފެހެންދޫ ސްކޫލްގެ ކުދިންނަށް ފެރީގެ ނިޒާމު ހަމަޖެއްސުމަށް 1.5 މިލިއަން ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ފެހެންދޫ ސްކޫލްގެ ކުދިން މިހާރު ދަތުރުކުރަނީ އެ ކުދިންގެ ބެލެނިވެރިންނާއި ރަށު ކައުންސިލުން ހަމަޖައްސާފައިވާ ޑިންގީއެއްގަ އެވެ. އެކަމަކު، އެ ޑިންގީ ހަލާކުވެ، ބާވުމުން ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީ އަށް ބޭނުންވާ މަޝްރޫއުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީދޭން އެއްބަސްވީ މިދިޔަ މާޗް މަހު އެ ގައުމުގެ އޭރުގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުގަ އެވެ.

ފެހެންދޫގެ  އާބާދީ މަދުވުމުގެ ސަބަބުން 2008 ވަނަ އަހަރުން ފެށިގެން ފެހެންދޫ ސްކޫލު ވަނީ ބަންދުކޮށްފަ އެވެ. އޭގެ ފަހުން، މޫސުން ކިތަންމެ ގޯސްވި ނަމަވެސް ގޮއިދުއަށް ދަތުރުކުރަނީ ޑިންގީއެއްގަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©