ނަސްވާ ހަސަން
03 June 2019
މަޤްބޫލު ޙަބަރު

މިރޭ ޝައްވާލު މަހުގެ ހަނދު ފެނިއްޖެނަމަ މާލޭގައި ބަޑި ޖެހުމުގެ ހަރަކާތެއް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފް އިން ނިންމައިފި އެވެ.

އެމްއެންޑީއެފުން ބުނީ، މިރޭ ހަނދު ފެނިއްޖެނަމަ ބަޑިޖެހުމުގެ ހަރަކާތް ކުރިއަށް ގެންދާނީ ޖުމްހޫރީ މައިދާނުގެ އިއްޒުއްދީން ޖެޓީ ސަރަހައްދުގައި ކަމަށެވެ.

މިއަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ރޯދަ މިއަދު ހިފަމުންދާއިރު މާދަމާއަށް ހަނދު ސާބިތު ނުފެނިއްޖެނަމަ މާދަމާ ރޯދަ ހިފާ 30 ރޯދަ ހަމަކުރަންޖެހޭނެއެވެ. ނަމަވެސް ހަނދު ސާބިތުވެއްޖެނަމަ މާދަމާ އަކީ ފިޠުރު ޢީދު ދުވަހެވެ.

ފަލަކީ ހިސާބުން ދައްކާގޮތުގައި މާދަމާއަކީ މި އަހަރުގެ ފިޠުރު ޢީދު ދުވަހެވެ.

Leave a Reply

Your email address will not be published.

  1. ބަޑި ޖަހަނީ ކޮން ބަޔަކާ ދިމާލަށް.”ބަޑިޖެހުމުގެ ހަރަކާތް އޮންނާނެ” ޔޭލިޔުނު މަނަ ތަންކޮޅެއް ހަމަ ޖެހުނީސް.އުފާވެރި ސުރުހީއަކަށް ވާނެ.

haftha.mv ©