މުޙައްމަދު އަންވަރު
03 June 2019
މަޤްބޫލު ޙަބަރު

ޝަރުއީ ދާއިރާގެ ދިރާސާ ހެދުމަށް ރާއްޖެ ވަޑައިގެންފައިވާ ދެކުނު އެފްރިކާގެ ރިޓަޔާޑް ފަނޑިޔާރު ޔޮހާން ކްރީގްލާއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި އޮތީ އެ ބައްދަލުވުމުގައި ކަން ހިނގައިދިޔަ ގޮތް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

ޑީޖޭއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ކްރިގްލާ ބޭއްވި ބައްދަލުވުމާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި އޮތީ ކަން ހިނގިއި ދިޔަ ގޮތް ކަމަށެވެ. އަދި އެ ބަޔާނުގައި، ކްރީގްލާ ދެއްކެވި ވާހަކަތައް ހުރީ އޭނާ އަގު ނުވެއްޓޭ ގޮތަށް ކަމަށް ވެސް މާޖިދު ވިދާޅުވި އެވެ. އަދި ގާނޫނީ ގޮތުން އުފެދިފައި ހުރި މުއައްސަސާތަކުން އެއް ބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށާއި އެހެން މުއައްސަސާތަކުގެ އަގު ވެއްޓޭ ގޮތަށް އަމަލު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ އެކްޝަން ޕްލޭންގެ ދަށުން މިވަގުތު ރަނގަޅު ކުރެވެން ހުރި ކަންކަމާއި މެދު ރާސްތާގައި ރަނގަޅު ކުރެވޭނެ ކަންކަމާއި ދިގު މުއްދަތުން ހާސިލް ކުރެވޭނެ ކަންކަން ފާހަގަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަން މާޖިދު ފާހަގަކުރެއްވި އެވެ.

ޔޮހާން ކްރީގްލާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރުންނަށް އިންޒާރު ދެއްވި ކަމަށް ބުނެ ސުޕްރީމް ކޯޓުން އިއްޔެ ވަނީ ބަޔާނެއް ނެރެފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©