މުޙައްމަދު އަންވަރު
03 June 2019
މަޤްބޫލު ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ދޫކުރައްވާ މެންބަރުން ބޭރަށް ނިކުމެވަޑައިގަންނަވަން ޖެހޭނީ ދަރިވަރުން ސްކޫލްގެ ކްލާސް ރޫމް ދޫކުރައްވާ ނިކުންނަވާ އުސޫލުން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ،

މިއަދުގެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލިސް ތަޅުން ދޫކުރައްވައި ނުކިމެވަޑައިގަތުމުގެ ކުރިން ރިޔާސަތަށް އިޝާރާތް ކޮށްލައްވަން ވާނެ ކަމަށެވެ.

” މި މަޖިލީހުގެ ތަޅުން ދޫކުރައްވާ ނުކުންނަވާ އިރު، މަދަރުސާތަކުގައި އަމަލު ކުރައްވާ އުސޫލުން. އަޅުގަނޑަށް އެނގިލާފައި ނުކުންނަވާ އުސޫލުން. އަޅުގަނޑަށް އެނގިލާފައި ނުކުންނަވަން ވާނީ،” ރައީސް ނަޝިދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވެފައިވަނީ، އެއްވެސް އުސޫލެއް ހަމަ އެއް ނެތި މަޖިލީހުގެ މެންބަރުން ޖަލްސާއަށް ވަދެ ނިކުމެ އުޅޭތީ އެވެ. ނަޝީދު އެހެން ވިދާޅުވި އިރު މަޖިލީހުގެ ގަވާއިދުގައި ވެސް މެންބަރުން ނިކުތުމުގެ ކުރިން ރިޔާސަތަށް އިޝާރާތްކޮށްލައްވަން ޖެހޭ ގޮތަށް އޮވެ އެވެ. އެހެން ނަމަވެސް މީގެ ކުރިން އެ ގޮތަށް އަމަލުކުރާ ތަނެއް ފެނިފައެއް ނުވެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©