މުޙައްމަދު އިބްރާހިމް
03 June 2019
މަޤްބޫލު ޙަބަރު

މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ހާއްސަ ޖަލްސާ މިރޭ އޮންނާނެއެވެ.

އިސްލާމީ މަރުކަޒުގައި މިރޭ ބާއްވާ އެ ޖަލްސާ ފެށޭނީ 9:00 ގައެވެ. އަދި ޓީވީތަކުން އެ ޖަލްސާ ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޖަލްސާގައި އިސްލާމީ ގައުމުތަކުގައި ހަނދު ސާބިތުކުރުމާ ގުޅޭގޮތުން އަމަލުކުރާ އުސޫލުތަކައި ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމުގައި ގެންގުޅޭ އުސޫލުތަކަށް ބިނާކޮށް މިއަހަރުގެ ފިތުރު އީދު ދުވަސް އިއުލާން ކުރާނެއެވެ.

އެގޮތުން އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތު ކުރުމަށްޓަކާ މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭ ކޯޓެއްގެ ގާޟީއެއްގެ ކުރިފުޅު މަތީގައެވެ.

އަދި އަތޮޅުތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްނަމަ ހަނދު ސާބިތުކުރުމަށް ހެކިބަސް ދޭނީ އެރަށެއްގެ ކައުންސިލްގެ އިދާރާ ނުވަތަ އެރަށެއްގެ އަވަށު އޮފީސް ހިންގުމާ ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅުމަތީގައި ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެއެވެ.

ކަލަންޑަރުގައި ބުނާގޮތުން، މި ރަމަޟާން މަހަކީ 29 ދުވަހުގެ މަހެކެވެ. އެހެންކަމުން މިއަހަރުގެ ފިތުރު އީދު ދުވަސްސ ވާނީ މާދަމާ ކަމަށް ކަލަންޑަރުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©