މުޙައްމަދު އިބްރާހިމް
03 June 2019
މަޤްބޫލު ޙަބަރު

އީދު ދުވަހުގެ މުނާސަބަތުގައި މާދަމާ ބާއްވަން ހަމަޖެހިފައި އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންގެ އީދު ސަލާމް ކުރުން ކެންސަލް ކޮށްފިއެވެ.

ސަރުކާރުގެ ތަރުޖަމާން އިބްރާހިމް ހޫދު މިރޭ ކުރެއްވި ޓުވީޓެގައި ވިދާޅުވީ، ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ކެންސަލް ކުރެއްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

ކުރިން އޮތްގޮތުން ނަމަ، ރައީސް ސޯލިހުގެ ދެކަނބަލުންގެ އީދު ސަލާމް ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައި އޮތީ މާދަމާގެ ހެނދުނު 9:30 އިން ފެށިގެން މުލިއާގޭގައެވެ.

ކޮންމެ އީދެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ އީދު ސަލާމް ކުރެއްވުން ބާއްވާއިރު، ރައީސްއާ ސަލާމް ކުރުމަށް ކޮންމެ ފަހަރަކު ވެސް ގިނަ ބަޔަކުދެއެވެ. ނަމަވެސް މިފަހަރުގެ އީދަކީ ރައީސް ސޯލިހު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ބާއްވާ ފުރަތަމަ އީދު ސަލާމް ކުރެއްވުމެވެ.

Leave a Reply

Your email address will not be published.

haftha.mv ©