މުޙައްމަދު އީމާން
03 June 2019
މަޤްބޫލު ޙަބަރު

މޫސުން ތަން ނުދިނުމުގެ ސަބަބުން ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރުން ނުބާއްވާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ކުރި ޓުވީޓެއްގައި ބުނީ، މޫސުން ތަން ނުދިނުމުގެ ސަބަބުން މާލޭގެ އަވަށްތަކުގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރުން ނޯންނާނެ ކަމަށެވެ.

އަދި މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ފިތުރު އީދު ނަމާދު ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޓުވީޓުގައި ބުނެފައިވެއެވެ.

މިއަހަރުގެ އީދު ނަމާދުވެސް ބޮޑު ޖަމާއަތުގައި ކުރުމަށް ސަރުކާރުން ހަމަޖައްސައި، އެކަމުގެ ތައްޔާރީތައް ވަމުންދިޔައީ ކުރިން އަހަރުތަކެކޭ ވެސް އެއްފަދައިން މާފަންނު ސްޓޭޑިއަމްގައެވެ. އެގޮތުން އަންހެން ބޭފުޅުންނަށް ހާއްސަކުރީ ސްޓޭޑިއަމްގެ ހުޅަނގުން އޮންނަ މިނީ ޓާފް ދަނޑެވެ.

މޫސުމް ގޯސްވުމާ ގުޅިގެން މުލިއާގޭގައި ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ވެސް ވަނީ ކެންސަލްކޮށްފައެވެ.

މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސެންޓަރ، މެޓް އޮފީހުން މިއަދުގެ މެންދަމު 4:00 އާ ހަމައަށް ލަފާކޮށްފައިވާ މޫސުމަށް ބަލާއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވަނީ ހުދު އިންޒާރު ނެރެފައެވެ.

އިންޒާރުގައި ބުނެފައިވަނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©