މުޙައްމަދު އަންވަރު
04 June 2019
މަޤްބޫލު ޙަބަރު

ބޯކޮށްް ވާރެ ވެހި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ގއ. އިން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޯލްޑިވްސް މީޓްރޮލަޖިކަލް ސާވިސް (މެޓް) އޮފީހުން ބުނީ، ގއ. އިން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން ވެސް އެކަށީގެންވާ ކަމަށެވެ.

މެޓް އެ އޮފީހުން އެ ތިން އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވަނީ މިރޭ 1:45 އިން ފެށިގެން ފަތިހު 4:45 އަށެވެ.

ރާއްޖޭގެ ސަރަހައްދައް ހުޅަނގު މޫސުމުގެ ބާރު ގަދަވާތީވެ ހުރިހާ ހިސާބަކަށް ވެސް މި ދުވަސްވަރު ބޯކޮށް ވާރޭވެހި ވައި ގަދަ ވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށް ދަތުރުކުރާ ފަރާތްތައް މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©