މުޙައްމަދު އަންވަރު
04 June 2019
މަޤްބޫލު ޙަބަރު

މިއަދު ހެނދުނު އީދު ނަމާދަށް ދިޔަ ވަގުތު މާލެގެ އެއް ފަޅާލާއި 60،000 ރުފިޔާ ވަގަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އީދު ނަމާދަށް ދިޔަ ވަގުތު މައްޗަންގޯޅި ގެ އެއްގެ ދޮރު ހަލާކުކޮށްލައިގެން ވައްކަން ކޮށްފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ 8:33 ހާއިރު ކަމަށެވެ.

އެ ވައްކަމުގައި އެ ގެއިން 60،000 ރުފިޔާ އާއި ފޯނެއް ވަގަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުން އަންނަނީ މިހާރު ތަހުގީގް ކުރަމުންނެވެ.

އީދާ ދިމާކޮށް ތަންތަނަށް ދަތުރުކުރާ އިރު އަގުބޮޑެތި ސާމާނުތައް ރައްކާކޮށް ރަނގަޅަށް ތަޅުލާފައި ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©