މުޙައްމަދު އަންވަރު
04 June 2019
މަޤްބޫލު ޙަބަރު

މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ރަމަޝާން މަހުގެ އެކަކުން 28 ގެ ނިޔަލަށް ފިތުރު ޒަކާތައް ފައިސާގެ ގޮތުގައި 5،478،353.00 ( ފަސް މިލިއަން ހަތަރު ލައްކަ ހަތްދިހަ އަށްހާސް ތިންސަތޭކަ ފަންސާސް ތިން ރުފިޔާ) ވަނީ ލިބިފައެވެ.

އެ އަދަދަކީ މިދިޔަ އަހަރާ އަޅާ ބަލާއިރު 1،221،858 ( އެއް މިލިއަން ދެލައްކަ އެކާވީސްހާސް އަށްސަތޭކަ ފަންސާސް އަށްހާސް ) އިތުރު އަދަދެކެވެ. މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 4،256،495.00 ( ހަތަރު މިލިއަން ދެލައްކަ ފަންސާސް ހަ ހާސް ހަތަރު ސަތޭކަ ނުވަ ދިހަ ފަސް ރުފިޔާ ) އެވެ.

މި އަހަރުގެ ފިތުރު ޒަކާތުގެ ފައިސާ ދޫކުރަން ފަށާފައި ވަނީ ހޯމަ ދުވަހުއެވެ.

Leave a Reply

Your email address will not be published.

haftha.mv ©