މުޙައްމަދު އަންވަރު
04 June 2019
މަޤްބޫލު ޙަބަރު

ހުޅުމާލެ އާއި މާލެއާ ދޭތެރޭ އަޅާފައިވާ ސިނަމާލެ ބްރިޖު ގުޅުވައިދޭ ހައިވޭގެ މެދުގައި ބަހައްޓާފައި ހުރި ޑިވައިޑަރުތައް ފުނުޑު ފުނޑު ކޮށްލުމަށްފަހު ފިލައިފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ، ހައިވޭގައި އެކްސިޑެންޓެއް ހިނގައިގެން 10:15 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ ސަރަހައްދަށް ފުލުހުން ދިޔައިރު އެކްސިޑެންޓްވި ވެހިކަލް ނެތް ކަމަށެވެ.

ވެހިކަލުން ޖެހި ޑިވައިޑަރުގެ ބޮޑު ބައެއް ފުނޑު ފުނޑުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ވެހިކަލް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ.

މީގެ ކުރިން ވެސް ދެ ތިން ފަހަރަކު ވަނީ އެ ޑިވައިޑަރުތައް ފުނޑު ފުނޑު ވެފައެވެ. ނަމަވެސް އެ ފަހަރުތަކުގައި އެކްސިޑެންޓްވި ވެހިކަލްތައް ވަނީ މަޑުކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©