މުޙައްމަދު އަންވަރު
04 June 2019
މަޤްބޫލު ޙަބަރު

މަސްތުވުމުގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް ފުޅާ ދާއިރާއެއްގައި އެ ކަމުގެ ވިޔަފާރީ ކުރަމުންދިޔަ ގެ އެއް ހޯދައި 11 މީހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވަނީ މ. އެވަރެސްޓްއާގެ ކަމަށާއި އެ ގެ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް އެތައް ފަހަރަކު ރެއިޑް ކުރި ގެ އެއް ކަމަށެވެ.

އެގޮތުން، މި ފަހަރު ހިންގި އޮޕަރޭޝަންގައި އުމުރުން 23 އަހަރާއި 36 އަހަރާ ދެމެދުގެ އަށް ދިވެހި ފިރިހެނުންނާއި 25 އަހަރާއި 33 އަހަރާ ދެމެދުގެ ބަންގްލަދޭޝް ތިން ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެވަރެސްޓްއާގެ އަށް ފުލުހުން ވަނީ ދަގަނޑު ތޭރި ދޮރުތައް ނައްޓައިގެން ކަމަށާއި އަދި އެ ގޭގެ ފާރު ތަޅާލީ ފުލުހުންނަށް ވަދެވޭނެ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.

އެ ގެ އަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެއްޗާ ގުޅޭ ގިނަ ހިދުމަތްތަކެއް ދޭ ގެއެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ ގެ ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ކަރުދާސް ގަނޑެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Leave a Reply

Your email address will not be published.

haftha.mv ©