މުޙައްމަދު އިބްރާހިމް
04 June 2019
މަޤްބޫލު ޙަބަރު

ރޭ ދަންވަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހުން ވެސް ކޯޓުން ދޫކޮށްލައިފިއެވެ.

އެ ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ދަންވަރު 3:10 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގައި ގެ އެއް ބަލައި ފާސްކުރުމަށްފަހުއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކާއި 52 އަހަރުގެ އަންހެނެކެވެ. އަދި އެމީހުންނާއެކު އެގެއިން ތިން ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދައިފައެވެ.

ނަމަވެސް ފުލުހުން މިއަދު ބުނީ، އެ މައްސަޅާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން ދެ މީހުން ވެސް ދޫކޮށްލާފައިވާ ކަމަށެވެ.

ކޯޓުން އެމީހުން ދޫކޮށްލި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©