މުޙައްމަދު އިބްރާހިމް
04 June 2019
މަޤްބޫލު ޙަބަރު

މެދުރާއްޖެ ތެރޭގެ ހުރިހާ އަތޮޅަކަށާއި ބ. އޮތަޅަށް މޫސުން ގޯސްވެ މޫސުމާ ބެހޭ އިދާރާއިން އެ ސަރަހައްދުތަކަށް ރީނދޫ އެލާޓް ނެރެފިއެވެ.

މިއަދުގެ އިރުއޮއްސި 6:00 އާ ހަމައަށް އެ އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގައި އޮންނަ ނުވަ އަތޮޅަކަށެވެ.

މެޓް އޮފީހުން ބުނީ، އެލާޓް ނެރެފައިވާ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގަޑިއަކު 25 މޭލާއި 33 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

މެދު ރާއްޖެ ތެރޭގެ އަތޮޅު ތަކަށާއި ބ. އަތޮޅަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވާއިރު، އުތުރުގެ ހއ. އަތޮޅުން ޅ. އަތޮޅަށް އެ އިދާރާއިން ވަނީ ހުދު އެލާޓް ނެރެފައެވެ.

މިއަދު މެންދުރުފަހު 3:00 އިން އިރުއޮއްސި 7:00 އަށް ނެރެފައިވާ އެ އެލާޓްގައި ބުނެފައިވަނީ، އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ބުނެފައިވެއެވެ،

Leave a Reply

Your email address will not be published.

haftha.mv ©