މުޙައްމަދު އަންވަރު
04 June 2019
މަޤްބޫލު ޙަބަރު

ސިނަމާލެ ބްރިޖާ ގުޅުވައިދޭ ހައިވޭގެ ޑިވައިޑަރުތައް ފުނޑުކޮށްލާފައި މަޑު ނުކޮށް ދިޔަ ކާރު ގަރާޖެއްގެ ތެރޭގައި ފޮރުވާފައި އޮއްވާ ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ ޕްރައިވެޓް އެ ކާރު ގަރާޖެއްގެ ތެރޭގައި ބާއްވާފައި އޮއްވައި ފެނުނީ މިއަދު ހެނދުނު 11 ޖަހާކަން ހާއިރު ކަމަށެވެ. އަދި ކާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޓޯ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހައިވޭގެ ދެ ފަޅި ވަކިކުރަން ޖަހާފައިވާ ޑިވައިޑާތަކުގެ ގިނަ ބައިތައް މިއަދުގެ އެކްސިޑެންޓުގައި ވަނީ ފުނޑުފުނޑުވެފަ އެވެ. މިއަދު ހެނދުނު 10 ޖަހާކަން ހާއިރު ހިނގި އެކްސިޑެންޓުގައި، ހައިވޭ އިން ދަތުރު ކުރި އިތުރު އެހެން ވެހިކަލަކަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.

އެ އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާއަށް ބޮޑު އަނިޔާއެއް ނުލިބި ސަލާމަތް ވެފައިވީ ނަމަވެސް އެ ކާރުގެ ކުރީ ކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©