މުޙައްމަދު އަންވަރު
05 June 2019
މަޤްބޫލު ޙަބަރު

ށ. މިލަންދޫގައި ދިވެހީންގެ ބަޔަކު ނިކުމެ ބިދޭސީއަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

އެ ރަށުގައި ބިދޭސީ އަކަށް ހަމަލަދީ ޒަހަމް ކޮށްލާފައިވަ ކަން ފުލުހުން ވަނީ ކަށަވަރު ކޮޮށްދީފަ އެވެ. ނަމަވެސް އިތުރު ތަފްސީލް ފުލުހުން ނުދެއްވަ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، ބިދޭސީ މީހާއަށް މިރޭ ހަމަލާ ދީފައި ވަނީ މިލަންދޫގެ ފިހާރައެއްގަ މަސައްކަތް ކުރާ އަންހެނެއްގެ ޖިންސީ ގުނަވަނުގައި ހިފައި އެ އަންހެން މީހާއަށް ޖިންސީ ފުރައްސާރަ ކުރި ކަމަގު ތުހުމަތުގައި ކަމަށެވެ.

ހަތް ވަރަކަށް މީހުންގެ ގްރޫޕް އަކުން ވަނީ އެ ބިދޭސީ މީހާގެ ގައިގެ ތަޅައި އޭނާ ލައިގެން ހުރި ޓީޝާޓް ވެސް ވީދާލާފަ އެވެ. އަދި އޭނާ ވެއްޓިފައި އޮތްވާ އެ ރަށު ސިއްހީ މަރުކަޒައް ގެންދިޔައީ އެ ރަށުގެ ބައެކެވެ.

ލިބުނު ހާނިއްކަ ތަކަށް ބިދޭސީ މީހާއަށް ފަރުވާ ދެމުން އަންނައިރު އޭނާ އަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މި ލަންދޫ ސިއްހީ މަރުކަޒުން ވާހަކަ ދެއްކި އޮފިޝަލަކު ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހްގީގް ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©